މިދިޔަ އަހަރާ އަޅާބަލާއިރު މި އަތޮޅު މާފަރު އެއާޕޯޓަށް ޖެއްސި ޖެޓްތައް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މާފަރު އެއާޕޯޓުން 'ނޫނު ނިއުސް'އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީން މޭއަށް މާފަރު އެއާޕޯޓަށް ވަނީ 514 ޖެޓް ޖައްސައިފަ އެވެ. އެ ޖެޓްތަކުން 2،242 މީހަކު ވަނީ މާފަރު އެއާޕޯޓް މެދުވެރިކޮށް ދަތުރުކޮށްފަ އެވެ.
އެހެން ނަމަވެސް، މިދިޔަ އަހަރު ނުވަތަ 2025ފެ އެ މުއްދަތުގައި ޖައްސާފައި ވަނީ 418 ޖެޓެވެ. އެހެންކަމުން މިއަހަރު މޭ މަސް ނިމުނުއިރު އިތުރަށް 96 ޖެޓް ވަނީ މާފަރު ޖައްސައިފަ އެވެ.
ޖެޓްތައް ޖެއްސި ތަފާތުހިސާބު:
2026
- ފްލައިޓް މޫވްމަންޓް - 514
- ފަސިންޖަރުންގެ އަދަދު - 2،242 މީހުން
2025
- ފްލައިޓް މޫވްމަންޓް - 418
- ފަސިންޖަރުންގެ އަދަދު - 2،490 މީހުން
އެތެރޭގެ އުދުހުންތައް ނުވަތަ ޑޮމެސްޓިކް 378 ފްލައިޓް ވަނީ މާފަރު އެއާޕޯޓަށް އޮޕަރޭޓްކޮށްފަ އެވެ. އެ ފްލައިޓްތަކުން 9،258 ފަސިންޖަރުން އެ އެއާޕޯޓް މެދުވެރިކޮށް ދަތުރުކޮށްފައިވެ އެވެ.
އެތެރޭގެ ދަތުރުތައް ވެސް ވީއިތުރު
މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި މާފަރު އެއާޕޯޓަށް އައި ފްލައިޓްތަކުގެ އަދަދާ ބަލާއިރު %2 އިތުރު އަދަދެކެވެ. ފްލައިޓްތައް ބޭއްވީވަރު އިތުރުވީ ނަމަވެސް ފަސިންޖަރުންގެ އަދަދަށް ވަނީ ދަށްވުމެއް އައިސްފަ އެވެ. އެއީ %10ގެ ދަށްވުމެކެވެ.
ބެލެވޭ ގޮތުގައި އެ ދަށްވުން އައިސްފައި ވަނީ އީރާން ހަނގުރާމައާ ވިދިގެން ޓޫރިސްޓުން އަންނަވަރު މަދުވުމާ ވިދިގެންނެވެ.
މިއަހަރުގެ ފަސް މަސް ދުވަސް ތެރޭގައި މާފަރު އެއާޕޯޓަށް ޖުމްލަ 932 ފްލައިޓް އޮޕަރޭޓްކޮށްފައިވެ އެވެ. އަދި އެ ފްލައިޓްތަކުން އައި 4،732 ފަސިންޖަރުން ވަނީ އެއާޕޯޓް ބޭނުންކޮށްފަ އެވެ.