މިދިޔަ އަހަރު ތެރޭ މާފަރުގެ އިހުތިސޯސުން ވަކިކުރި ފަރުމުލީގައި ރިސޯޓް ހަދަން ސަރުކާރުން އިއުލާންކޮށްފި އެވެ. ފަރުމުލި ރިސޯޓް ހަދަން ބީލަމަށް ލީ މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރި، ހަ އަތޮޅެއްގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި 15 ރަށުގެ ތެރޭގަ އެވެ. 

ފަރުމުލިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 15 އެޕްރީލް 2024 ގައި ނެރުނު ގަރާރަކުން، "ކަނޑިންމާހުރާ" އާއެކު ނ. މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި ރަށެކެވެ. ނަމަވެސް:

  • 6 ޖުލައި 2025 ގައި އާ ގަރާރެއް ނެރެ ރައީސް ވަނީ ފަރުމުލި މާފަރުގެ އިހުތިސޯސުން ވަކިކޮށް، ރިސޯޓް ހަދަން ދޫކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި
  • ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ އިން ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް
  • ފަރުމުލި ވަކިކުރި ނަމަވެސް، ކަނޑިންމާހުރާ އަދިވެސް އޮތީ މާފަރުގެ ބައެއްގެ ގޮތުގައ

ފަރުމުލީ ރިސޯޓް މަޝްރޫއު

މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުން ފަރުމުލި ކުއްޔަށް ދޭން ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އެގޮތުން:  

  • ރަށުގެ ބޮޑު މިނަކީ 0.41 ހެކްޓަރު
  • ނަމަވެސް، 71.18 ހެކްޓަރުގެ ފަޅަކާއެކު ދޫކުރާ މި ރަށުން 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ސަރަހައްދެއް ހިއްކޭނެ
  • އެނދުގެ އަދަދު: މި ރަށުގައި ތަރައްގީކުރަން ޖެހެނީ މަދުވެގެން 150 އެނދުގެ ރިސޯޓެެއް

ފަރުމުލި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ 17 ނޮވެމްބަރެވެ. 

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީކުރަން ދެން އިއުލާންކޮށްފައި ވަނީ ހއ.، ހދ.، ށ.، ލ. އަދި އައްޑޫގަ އެވެ. މީގެ ތެރެއިން ހއ.، ހދ. އަދި ށ. އަތޮޅުން ދޫކުރަނީ ފަޅުތަކެވެ.