ރިސޯޓް ކުލިން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ވަންނަ އަތޮޅުތަކުގެ ތެރޭ މި ނޫނު އަތޮޅު ހިމެނިއްޖެ އެވެ. ޓެކްސް އިދާރާ މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި މި އަތޮޅުން ވަނީ 171 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިއީ ކ. އަތޮޅު ހިމެނިގެން ހަތަރު ވަނައަށް އެންމެ ގިނައިން ރިސޯޓް ކުލީގެ އާމްދަނީ ލިބުނު އަތޮޅެވެ. ރިސޯޓް ކުލިން މިދިޔަ އަހަރު ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބުނު އިރު ނޫނު އަތޮޅުން ލިބުނު ރިސޯޓް ކުލީގެ އާމްދަނީ އަކީ އެ އަދަދުގެ %9 އެވެ.
ރިސޯޓް ކުލި އެންމެ ގިނައިން ލިބުނު އަތޮޅުތައް:
- ކ.އަތޮޅުން: 542.45 މިލިއަން ރުފިޔާ
- ރ.އަތޮޅުން: 260.47 މިލިއަން ރުފިޔާ
- ބ.އަތޮޅުން: 201.01 މިލިއަން ރުފިޔުާ
- ނ.އަތޮޅުން: 170.75 މިލިއަން ރުފިޔާ
- ދ.އަތޮޅުން: 108.22 މިލިއަން ރުފިޔާ
ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު މި އަތޮޅުން ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު ވަނީ %22ގެ އިތުރުވުމެއް އައިސްފަ އެވެ. އެއީ، 31.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި އަތޮޅަކީ ރާއްޖޭގެ އެންމެ އަގު ބޮޑެތި ރިސޯޓްތައް ހިމެނޭ އަތޮޅެވެ.