މިއަހަރުގެ ފުރަތަމަ ކުއާޓަރު ނުވަތަ ތިން މަހުގައި މި އަތޮޅަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %2.8 ދަށަށް ގޮސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މި ހަފްތާ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި:
- މި އަހަރުގެ ފުރަތަމަ 3 މަހު މި އަތޮޅަށް އައީ 26،834 ފަތުރުވެރިން
- މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހު މި އަތޮޅަށް 27،604 ފަތުރުވެރިން އައިސްފައިވޭ
އެހެންކަމުން މިއީ ގާތްގަނޑަކަށް 770 ފަތުރުވެރިން، %2.8ގެ ދަށްވުމެކެވެ.
ނޫނުގެ އޮކިއުޕެންސީ %75ގައި ހިފެހެއްޓުނު
ފަތުރުވެރިން އައި އަދަދު ދަށްވި ނަމަވެސް، މި އަތޮޅުގެ އެނދުތައް ފުރިފައިވާ ނިސްބަތް ނުވަތަ އޮކިއުޕަންސީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެވެ އެވެ. މިވަގުތު މި އަތޮޅުގައި ފަތުރުވެރިންނަށް ހިދުމަތްދޭ 27 ތަނެއްގައި (8 ރިސޯޓާއި 19 ގެސްޓްހައުސް ހިމެނޭހެން) ޖުމްލަ 2،806 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މި އެނދުތަކާއި ފަތުރުވެރިން ހޭދަކުރި މުއްދަތަށް ބަލައި އަންދާޒާކުރެވޭ ގޮތުގައި:
- އަހަރުގެ ފުރަތަމަ 3 މަހު ނޫނު އަތޮޅުގެ އޮކިއުޕަންސީ ހުރީ ގާތްގަނޑަކަށް %75.4ގައި
މަހުން މަހަށް ބަލާއިރު މި އަތޮޅަށް ފަތުރުވެރިން އައިސްފައި ވަނީ:
- ޖެނުއަރީ: 8،914 ފަތުރުވެރިން
- ފެބްރުއަރީ: 10،867 ފަތުރުވެރިން
- މާރިޗު: 7،053 ފަތުރުވެރިން
މުޅި ރާއްޖޭގެ ފަތުރުވެރިކަން
މުޅި ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 633،769 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ:
- ޗައިނާ - 94،823 ފަތުރުވެރިން،
- ރަސިޔާ - 79،326 ފަތުރުވެރިން
- އިނގިރޭސިވިލާތް - 61،162 ފަތުރުވެރިން
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން %68.2 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ.