ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެލިދޫ އަދި ފޮއްދޫ ހެލްތް ސެންޓަރަށް ތަކެތި ހަދިޔާކޮށްފި އެވެ. 

އޭނާ ހާމަކޮށްފައިވާ ގޮތުގައި ވައުދުވި ގޮތަށް މިފަހަރު ފޮއްދޫ ހެލްތް ސެންޓަރަށް ވަނީ ގޮނޑި އާއި ޑޮކްޓަރަށް ދައްކަން އަންނަ މީހުން ތިބެން ހާއްސަ ބެންޗް ހޯދައިދީފަ އެވެ. އަދި ވެލިދޫ ހެލްތް ސެންޓަރަށް ވެސް އޭނާ ވަނީ ގޮނޑި ހޯދައިދީފަ އެވެ.

އެ ތަންތަނަށް އެ ތަކެތި މެންބަރު ހަދިޔާކޮށްފައި މިވަނީ މިފަހުން އޭނާ ދާއިރާގެ ރަށްތަކަށް ކުރި ޒިޔާރަތުގައި އެ ތަންތަނުގެ މެނޭޖްމަންޓާ ބައްދަލުކޮށް ހުރި ދަތިތައް އޮޅުން ފިލުވީއިރު މިވަގުތަށް އެތަކެތި ބޭނުންވާ ކަމުގެ މުހިންމުކަން އެތަންތަނުން ފާހަގަކޮށްފައި ވާތީ އެވެ. 

އެތަކެތި އިއްޔެ ވަނީ އެތަންތަނާ ހަވާލުކޮށް ނިންމައިފަ އެވެ. 

އެމްޕީ އައްބާސް އަންނަނީ އޭނާގެ ދާއިރާގެ ގިނަ ރަށްތަކަށް އެކި ގޮތްގޮތުން އެހީވަމުންނެވެ. އެގޮތުން ވެލިދޫ، ފޮއްދޫ އަދި ޅޮހީގެ އިޖުތިމާއީ އެކި ކަންކަމާއި ތަރައްގީގެ އެކި ކަންކަމަށް އޭނާ އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ.