މި އަތޮޅު ހޮޅުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި، އެ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފި އެވެ. އެ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އާއި އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރާއި ފެނަކަ ކޯޕަރޭޝަން އަދި ހޮޅުދޫ ކައުންސިލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.
ހޮޅުދޫގައި ގާއިމުކުރި ޒަމާނީ ފެނުގެ ނިޒާމުގެ ދަށުން ކުރި މައިގަނޑު މަސައްކަތްތަކަކީ:
- ފެނުގެ ވިއުގަ: ރަށުގެ އެކި ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމަށް 6.6 ކިލޯމީޓަރުގެ ފެނުގެ މައި ވިއުގައެއް ވަނީ އަޅާފައިފެން އުފައްދާ
- ޕްލާންޓް: ދުވާލަކު 60 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ހުރި 2 އާރްއޯ ޕްލާންޓުގެ އިތުރުން 25 ޓަނުގެ ވާރޭފެން ޕްލާންޓެއް ވަނީ ބަހައްޓާފައިފެން ރައްކާކުރާ
- ޓޭންކު: 350 ޓަނުގެ ބޯފެން ރައްކާކުރެވޭނެ 2 ޓޭންކާއި 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ހަދާފައި
ދެން އޮތީ ރަސްމީކޮށް ހިންގަން ހަވާލުކުރުން
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި ކޮމިޝަން ކުރެވިފައިވާތީ މިހާރު ކުރިއަށްދަނީ މި ނިޒާމު ރަސްމީކޮށް ހިންގުމަށްޓަކައި އޮޕަރޭޓާ ކަމަށްވާ، ފެނަކައާ ހަވާލުކުރުމުގެ އިދާރީ މަސައްކަތްތަކެވެ. ހޮޅުދޫގެ ފެނުގެ ނިޒާމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް، އަދި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް މަޝްރޫއެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮޅުދޫއަށް ކުރެއްވި ދަތުރުގައި ރައްޔިތުން ވަނީ މި މަޝްރޫއު ހުއްޓިފައި އޮތުމުގެ ޝަކުވާ ހުށަހަޅާފަ އެވެ. އެ ދަތުރުގައި ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި މި މަޝްރޫއު އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެ މަޝްރޫއު ނިމުމަކީ ހޮޅުދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފަސޭހަކަމާއެކު ލިބި، ރަށުގެ އިޖުތިމާއީ އަދި ސިއްހީ ހާލަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.