ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ގެތަކަށް ބޭނުންވާ ހިފައި ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ "އެސްޓީއޯ ރަމަޟާން ބާޒާރު 2027" ޕްރޮމޯޝަން ސްޓޭޓް އެސްޓީއ  އިން ފަށައިފި އެވެ.

ރޯދަ ބާޒާރު ފެށީ މި މަހުގެ 16ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކުންނެވެ. އެ ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އެވެ. މި ޕްރޮމޯޝަން މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި 16 ނޮވެމްބަރު 2026 އިން ފެށިގެން އަންނަ އަހަރުގެ 10 މާޗްގެ ނިޔަލަށް ކުރިއަށްދާނެ އެވެ. 

އެ ޕްރޮމޯޝަންގެ ހާއްސަ ކަންކަމަކީ:

  • ބޮޑެތި ޑިސްކައުންޓް: ޚާއްޞަ ކޮށްފައިވާ ގިނަ އުފެއްދުންތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
  • ދެ ހަފްތާއަކުން ގިފްޓް ވައުޗަރު: ކޮންމެ ދެ ހަފްތާއަކުން، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދޫކުރާނެއެވެ.
  • "ހަދިޔާ ގުޅި": 5،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ޚާއްޞަ "ހަދިޔާ ގުޅި" އަކުން ހަދިޔާއެއް ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ.
  • 100،000 ރުފިޔާގެ ބޮޑު އިނާމު: ޕްރޮމޯޝަން ނިމުމާއެކު، ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރަށް ކޮފީ ބީންސް އެންޑް ޓީލީވްސް

ރޯދަ ބާޒާރު ޕްރޮމޯޝަނާ އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި "ކޮފީ ބީންސް އެންޑް ޓީލީވްސް" ގެ އައުޓްލެޓެއް ވެސް ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ. މިއީ މާލޭގައި މި ފްރެންޗައިޒްގެ އައުޓްލެޓެއް ހުޅުވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ފުރަތަމަ އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލޭގަ އެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރިކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް، އެ ސަރަޙައްދުވެސް ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.